ޚިޔާނާތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާން ކޮށްފި

ޚިޔާނާތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާން ކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 02:31
0

ފުލުހުން ބަލަމުންދާ ޚިޔާނާތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ފޮޓޯއާއި ވަނަ ވަރާއިއެކު ހޯދަން އިއުލާން ކޮށްފައިވަނީ ޏ.ފުވައްމުލައް، ދަޑިމަގު. ބޮޑުކެކުރިގެ، މުޙައްމަދު އަޒުހާރު (41އ) އެވެ.

މުޙައްމަދު އަޒުހާރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.