މީގެ ކުރިން ރާއްޖޭގައި މަސްވެރިކަން ކުރަމުންދިޔަ ބީދައިން ރާއްޖޭގައި ކުރަމުންދިޔަ ޑްރަގާއި، ހަތިޔާރާއި ވަގުވިޔަފާރި ހުއްޓުނީމާ އަސަރު ކުރާ ބަޔަކު އުޅޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ ބޭރުގެ ޤައުމުތަކާއިއެކު އަސްކަރީ ހަތިޔާރުތަކާއި، އެއްބަސްވުނަތައް ހަދައި، ދިވެހި ފަސްގަނޑުގައި އެމީހުންނާއިއެކު އެކްސަސައިޒް ބާއްވާއިރު، އެކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރެވެންޖެހޭނެކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ.
އާދަމް ޝަރީފްގެ ވާހަތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ކުރަމުންދިޔަ ޑްރަގުގެ ބޮޑެތި އޮޕަރޭޝަންތަކާއި، ކުރަމުންދިޔަ އެތަކެއް ވަގުވިޔަފާރިއެއް ހުއްޓުވައި، އެކަން ކުރަމުންދިޔަ ފަރާތްތަކަށް އެކަމުގެ ކޮޅު ބަންދުވުމުން ދައްކާނެ ވާހަކައެއް ނެތުމުން ކޮންމެވެސް ވާހަތަކެއް ދައްކައި، ބަހަނާ ގިނަ ކުރާނެކަމަށެވެ. ނަމަވެސް މިސަރުކާރުން އެފަދަ ކަންކަމަށް ޖާގަ ނުދޭނޭކަމަށް ނިހާދު ވިދާޅުވިއެވެ.
ކުރަމުންދިޔަ މަސްވެރިކަމާއި، ތެލާއި، ޑްރަގު އަދި ހަތިޔާރުގެ ވަގު ވިޔަފާރި އަށް ދަތިވެ ހުއްޓުނީމާ ނިކަން އަސަރު ކުރާ ބަޔަކު އުޅޭނެ. އެ މަގު ފަހި ކުރަން ކިޔާފަ ނުކިޔާނެ އަދި ކޮށްފަ ނުކުރާނެ ކަމެއްވެސް ނޯންނާނެ.
– ނިހާދު ވިދާޅުވިއެވެ.
Kuramun dhiya Masverikamaai, Thelaai, Drug adhi Hathiyaaru ge vagu viyafaari ah dhathive huttuneemaa nikan asaru kuraa bayaku ulheyne! E magu fahi kuran kiyaafa nukiyaane adhi kohfa nukuraane kameh ves no-onnaane! https://t.co/MORpqXx5nq
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 5, 2021
ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާތަކުން، ޚާއްސަކޮށް އިންޑިޔާގެ އަސްކަރީ ސިފައިންނާއި، ރާއްޖޭގެ ސިފައިން ދޭތެރެ ދޭތެރެއިން ބާއްވާ ތަމްރީންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިޔާ ސިފައިން ރާއާޖޭގައި ތިބޭނަމަ އެކަމުގެ ތަފްސީލު ދިވެހި ރައްޔިތުންނަށް އެގެން ޖެހޭނެ ކަމަށާއި، އިންޑިޔާއާއި ރާޢްޖެއިން އަޑި ނޭގޭ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ތަފްސީލުވެސް ހާމަކުރަންޖެހޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ