އެކްޓަރ މަރިޔަމް ޝަކީލާ ތަފާތު 2 ގޮތަކަށް

މިއީ ހަމަ އެކަކުގެ ދެފޮޓޯ ކަމަށް ޤަބޫލު ކުރެވޭތަ؟

މިއީ ހަމަ އެކަކުގެ ދެފޮޓޯ ކަމަށް ޤަބޫލު ކުރެވޭތަ؟

ގުޅުންހުރި

ފޮޓޯގެ ވާތް ފަރާތުގައި އެހުރީ ރާއްޖޭގެ ކުޅަދާނަ އެކްޓަރު މަރިޔަމް ޝަކީލާ އާދަމް ( ޝަކިއްތަ) އެވެ. ވާތްފަރރާތު ފޮޓޯގައި މޫނުމަތިން މާޔޫސް ކަމާއި ފޮރުވިފައި ވާ އެތަކެއް އުދާސްތަކަކާ އެކުވެސް އެއޮތީ ހަމަ ޝަކިއްތަ އޭ ބުނެފިނަމަ ޤަބޫލު ކުރަން ތަންކޮޅެއް ދަތިވާނެއެވެ. އެހެންނަމަވެސް އެއީ ވެސް ހަމަ ފިލްމީ ތަރި ޝަކީލާއެވެ.

ޝަކިއްތަ މުސްކުޅިވެ ގައި ބާރު ދެރަވެ މުސްކުޅި ބަލީގައި އެނދުމަތި ވީކީއެއް ނޫނެވެ. މިއީ ހަމަ ޑާކްރެއިންގެ "ބަޅިނދު" ޓީމުގެ ތަފާތު ކަމެވެ. ޒުވާން މޭކަޕް އާޓިސްޓް ޝިޒޫގެ ކުޅަދާނަ ކަމެވެ. ކޮންމެ ދުވަހެއްގެ ޝޫޓިންއަށް ޝަކީލާ އެގޮތަށް ދެއްކުމަށް ޝިޒޫ ތިން ގަޑިއެއްހާއިރު ހޭދަ ކުރެއެވެ. ޝިޒޫ އަކީ އެދާއިރާއިން ކިޔަވައިގެން ޝައުގުވެރިކަމާއެކު އެ މަސައްކަތް ކުރާ ފަންނުވެރިއެކެވެ. ޔަގީނުންވެސް މީހަކު ނުބުނަނީސް އަޅުގަނޑަށް އެ ފޮޓޯއިން އެ ފެންނަނީ ކާކު ކަމެއް ނޭނގުނެވެ.

އަބަދުވެސް ބެލުންތެރިން ބަލައިގަންނަ ތަފާތު އުފެއްދުން ތަކެއް ގެނެސްދޭ ޑާކްރެއިންގެ " ބަޅިނދު" ވެސް މުޅިން ތަފާތު ފިލްމަކަށް ވާނޭކަން އެންމެ ފޮޓޯގަނޑަކުން ވެސް އަންގައި ދީފިއެވެ. ތަފާތު ނޫންތޯއެވެ.

ބަޅިނދުގެ މަންޒަރެއްގައި ޝަކީލާ އާއި އާޝާ

ކޮންމެ މަސައްކަތަކުން ވެސް ފިލްމީ ދާއިރާއަށް އިންގިލާބު ގެންނަމުންދާ ޑާކްރެއިންގެ މި ފިލްމުންވެސް މިފަދަ ކިތަންމެ ކަމެއް އެބަހުއްޓެވެ. ބިރުވެރި ފިލްމު ޑައިރެކްޓު ކުރުމުގައި ބެލުންތެރިން ބަލައިގެންފައިވާ އަޙްމަދު ޝިނާން މި ފިލްމުގެ މަސައްކަތް ގެންދާ ގޮތާމެދު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

"ސިނާންގެ އެ މަސައްކަތަށް އަހަރެން ހަމަ ފަހުރުވެރިވަން"

މިއީ ބެކް މިއުޒިކުން، ލައިވް އޮކެސްޓްރާގައި ކުޅެ ރެކޯޑު ކުރި ފުރަތަމަ ދިވެހި ފިލްމުވެސްމެއެވެ. މިދާއިރާއިން ބަލްގޭރިއާގައި މިވަގުތު މާސްޓަރސްއަށް ކިޔަވަމުންދާ ފަތުހުﷲ ޝަކީލްގެ މި މަސައްކަތުން ދާއިރާ އަނެއްކާވެސް އިތުރު ހަރުފަތެއް ގިރާކުރީއެވެ. ތަފާތު މި ވީޑިއޯއިން ވެސް އެބަފެނޭ ނޫންތޯއެވެ.

ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް އުފައްދާ މި ހޮރޯ ތްރިލާގެ ޕްރޮޑިއުސަރުންނަކީ މޮގާގެ އިތުރުން އާއިޝަތު ފުއާދު ތައުފީގެވެ. ޖެނުއަރީމަހު ޝޫޓިންގެ މަސައްކަތް ފަށާ، 45 އިންސައްތަ މަސައްކަތް ނިންމާލިފަހުން އެކި ސަބަބުތަކާ ގުޅިގެން ފިލްމުގެ ކާސްޓަށް ބޮޑު ބަދަލުތަކެއް ގެނެސް އަލުން ފިލްމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުއެވެ. މޮގާގެ އުންމީދަކީ އަންނަ އަހަރު " ބަޅިނދު" ގެ ތަފާތުކަން ބެލުންތެރިންނަށް ދައްކާލުމެވެ. ފިލްމުގެ މެއިން ކާސްޓުންނަކީ ޝަކީލާގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، މަރްޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، ހުނޭޝާ އާދަމް ނަސީރު (ހުނޫ) އައިޝާ، އަދި ޝަރަފް ޢަބްދުﷲއެވެ.

ބަޅިނުދުގެ މަންޒަރެއްގައި ޝަކީލާ އާއި އާޝާ

އަޅުގަނޑަކީ މާމޮޅު ފިލްމު ކްރިޓިކް ރައިޓަރެއް ނޫނެވެ. އެހެން ނަމަވެސް ޑާކްރެއިނުން އާންމުކޮށްފައި މިވާ ބަޅިނދުގެ 4 ފޮޓޯއިން އަޅުގަނޑަށް އަޅައިގަތް ތަންކޮޅެއް ބުނެލާނަމެވެ. އަޅުގަނޑުމެން މާ މޮޅުކަމަށް މި ބުނާ ދުނިޔެއަށް މަޝްހޫރު ހޮލީވުޑްގެ ފިލްމުތަކުން ވެސް މިފަދަ "މިސްޓޭކް" ތައް ފެނިފައި އެބަހުއްޓެވެ. މުސްކުޅި ކަމުން ރޫޖެހި ސިފަގެއްލިފައިވާ ޝަކިއްތަގެ ފައި ފެންނަ ފޮޓޯއިން ޝަކިއްތަގެ ފައިގައި މުސްކުޅި ކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ވަރަށް ހަމަ ހަންގަނޑު އޮމާނެވެ. މިއީ އަޅުގަނޑުގަނޑަށް ހީވާ ހީވުމަކަށް ވަންޏާ ދެން އަޅާނުލާނީއެވެ. މިހާހިސާބުން ދެން ނިންމާލަމާ ހިނގާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ