ތުޅާދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ތުޅާދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

Author
ހުސައިން
12 އޮގަސްޓް 2025 03:03
0

ބ. ތުޅާދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މިކަމަށް ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.

މި ރަސްމިއްޔާތުގައި ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ރަށުގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތުޅާދޫގައި ޒަމާނީ ފެންވަރުގެ ފުލުހުންގެ މަރުކަޒެއް ޤާއިމްކުރަން ވަނީ ނިންމާފައެވެ.  މިމަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒުގެ އިތުރުން ޖަލު ގޮޅިތަކާއި ވެހިކަލް ޝެޑެއް ތަރައްޤީ ކުރާނެއެވެ.

ތުޅާދޫ އަކީ ރައީސް ބ.އަތޮޅު ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ފަސް ވަނަ މަންޒިލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.