ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދިގު މުއްދަތުގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގެޒް ކައިވެނި ކުރުމަށް ނިންމައިފިއެވެ. މި ޚަބަރު އާންމުކުރީ ރޮނާލްޑޯގެ ލޯބިވެރިޔާ ރޮޑްރިގެޒް އިންސްޓަގްރާމްގައި ހިއްސާކުރި ބޮޑު އޯވަލް ޝޭޕްގެ ޑައިމަންޑް އަނގޮޓީގެ ފޮޓޯއަކުންނެވެ.
ސްޕެނިޝް ބަހުން ރޮޑްރިގެޒް ލިޔެފައިވަނީ "އައި ޑޫ. މި ޒިންދަގީގައި އަދި އަބަދަށް" މިހެންނެވެ. ޖުވެލަރީ ޚާއްސަ މާހިރުން ބުނާ ގޮތުގައި މި އަނގޮޓީގައި ހުންނާނީ 25 އިން 30 ކެރެޓާ ދެމެދުގެ ޑައިމަންޑެއް ކަމަށާއި، އޭގެ އަގު 2 މިލިއަން ޑޮލަރުން 5 މިލިއަން ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
2016 ވަނަ އަހަރު މެޑްރިޑްގެ ގުޗީ ފިހާރައެއްގައި ފުރަތަމަ ފަހަރަށް ބައްދަލުވި މި ދެމީހުންގެ ގުޅުން ވަނީ މިހާރު ވަރަށް ވަރުގަދަވެފައެވެ. ރޮނާލްޑޯގެ 5 ދަރިން ތިބޭއިރު މި ދެމީހުންގެ ދެ ދަރިން ތިބެއެވެ. ރޮނާލްޑޯގެ އަނެއް 3 ދަރިންވެސް ބަލަނީ، ރޮޑްރިގެޒްއެވެ. ނީ ހިއްސާވެފައެވެ.
މި ޖޯޑު ކުރިމަތިލާންޖެހުނު އެންމެ ބޮޑު ހިތާމައަކީ 2022 ވަނަ އަހަރު އުފަންވި ޓްވިން ދަރިންގެ ތެރެއިން ފިރިހެން ކުއްޖަކު އުފަންވުމާއެކު ނިޔާވުމެވެ. ނަމަވެސް މި ތަޖުރިބާއިން އިތުރަށް ދެމީހުންގެ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހިވިއެވެ.
މިވަގުތު ސައުދީ އަރަބިއާގެ އަލް ނަސްރު ކްލަބްގައި ކުޅެމުންދާ 39 އަހަރުގެ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެތުލީޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކުރިން ދީފައިވާ އިންޓަވިއުތަކުގައި ރޮނާލްޑޯ ބުނެފައިވަނީ ރޮޑްރިގެޒް އާ ކައިވެނި ކުރާނީ "ރަނގަޅު ވަގުތެއް" އައުމުން ކަމަށެވެ. މިހާރު އެ ވަގުތު އައިސްފައިވާ ކަމަށް ފެންނަމުން ދެއެވެ.
ފުޓްބޯޅަ ދުނިޔޭގެ އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ އާއި ސްޕެނިޝް-އާޖެންޓީނާ މޮޑެލް އަދި އިންފްލުއެންސަރ ރޮޑްރިގެޒްގެ ކައިވެނި ވާނީ ސްޕޯޓްސް އަދި އެންޓަޓެއިންމަންޓް ދުނިޔޭގެ އެންމެ ބޮޑު ކައިވެންޏަކަށް ކަމުގައި ގިނަ ފަރާތްތަކުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ