ރާއްޖެ ގެނައި، ތުރުކީން ހަދިޔާކުރި މަނަވަރު ޚިދުމަތަށް ނެރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް

ރާއްޖެ ގެނައި، ތުރުކީން ހަދިޔާކުރި މަނަވަރު ޚިދުމަތަށް ނެރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް

Author
ޙަސަން މުޙައްމަދު
10 އޮގަސްޓް 2025 09:15
0

ތުރުކީން ހަދިޔާކުރާ މަނަވަރު ރަސްމީކޮށް ހަވާލުކޮށް ޚިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާކުރައްވާ ތުރުކީ ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި ކަމަށާއި، މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ކުރަމުންދާ ކަމަށެވެ.

ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޑޯގަން ކްލާހުގެ ފަސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ​​ވޯލްކަން (ޕީ-343) އެވެ.

މިކަމާ ގުޅިގެން ތުރުކީގެ ނޫސްތަކުން މީގެ ކުރިން ރިޕޯޓުކުރި ގޮތުގައި މި އުޅަނދުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނުކުރުން މި އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެއް މަސް ދުވަހުގެ ތަމްރީނެއް ތުރުކީގައި ފަށާފައިވެއެވެ.

މީގެ އިތުރުންވެސް ޑިޕްލޮއިމަންޓަށް ފަހު ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުން ރާއްޖޭގައި ތިބި ފުލް ކްރޫއަށް ދެ ހަފްތާގެ އެޑްވާންސް އޮންބޯޑް އޮޕަރޭޝަނަލް ޓްރެއިނިން ފޯރުކޮށްދޭނެ ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.