މިފްކޯގެ ހަތަރުވަނަ މަސްފިހާރަ ނޯތު ހާބަރުގައި ހުޅުވައިފި

މިފްކޯގެ ހަތަރުވަނަ މަސްފިހާރަ ނޯތު ހާބަރުގައި ހުޅުވައިފި

Author
ހުސައިން
02 އޮގަސްޓް 2025 09:34
0

މިފްކޯގެ އައު މަސްފިހާރައެއް މާލޭގެ ނޯތު ހާބަރުގައި ހުޅުވައިފިއެވެ. މިއީ މާލޭގައި އެ ކުންފުނިން ހުޅުވާ ހަތަރުވަނަ ފިހާރައެވެ.

އެ ކުންފުނީގެ އޮފިޝަލަކު ބުނެފައިވަނީ، ނޯތު ހާބަރުގައި ފިހާރައެއް ހުޅުވުމަށް ނިންމީ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަތޮޅުތެރެއިން އަންނަ ގިނަ އުޅަނދުތައް އެންމެ ގިނައިން ބަނދަރުކުރަނީ ނޯތު ހާބަރު ސަރަހައްދުގައި ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ފިހާރައެއް ހުރުމުން ސީދާ އެތަނުން ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިފްކޯގެ އެހެން ފިހާރަތަކުން ލިބޭ ހުރިހާ ބާވަތެއްގެ މަސް އާއި މަހުގެ ބާވަތްތައް ނޯތު ހާބަރު ފިހާރައިން ވެސް ލިބެން ހުންނާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އައު ފިހާރަ ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 6:00 އާ ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.