އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ 163 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ 163 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

Author
ހުސައިން
30 ޖުލައި 2025 08:27
0

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމުކޮށްފައިވާ އެ ކުންފުނީގެ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ ހަތަރު ބިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 235 މިލިއަން ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 263 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 163.2 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 168.7 މިލިއަން ރުފިޔާ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.