ޣައްޒާގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 60,000 އިން މައްޗަށް

ޣައްޒާގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 60,000 އިން މައްޗަށް

Author
ހުސައިން
30 ޖުލައި 2025 02:50
0

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޢައްޒާގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 60,034 އަށް އަރައިފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު ހާމަކުރި މި ތަފާސްހިސާބާއެކު، އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަމުގެ ނުރައްކާތެރި ހާލަތެއް ކުރިމަތިވަމުންދާކަމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން އިންޒާރުދީފައިވެއެވެ.

އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޣައްޒާގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ދުވަސްތަކެއް ކާނާއާ ނުލައި ހުންނަންޖެހެއެވެ. އޭޕްރީލް އާއި ޖުލައި މަހުގެ ދެމެދު 20,000 އަށްވުރެ ގިނަ ކުޑަކުދިންނަށް ކާނާނުލިބިގެން ޖެހޭ ބަލިތަކަށް ފަރުވާދޭން ޖެހިފައިވާއިރު، އޭގެތެރެއިން 3,000 ކުދިންގެ ހާލަތު ވަރަށް ނާޒުކެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ޢައްޒާގެ ހާލަތު ބަޔާން ކޮށްފައިވަނީ "ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދަނީ އިންސާނިއްޔަތުގެ ބޮޑު ކާރިސާއެއް" ކަމަށެވެ. އަދި ކާނާ، ފެނާއި، ބޭހާއި، ތެޔޮ ހުއްޓުމެއްނެތި އެތެރެކުރުމަށާއި "މި ނުބައި ހުވަފެން" ނިމުމަކަށް ގެނައުމަށް ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.