މާވަށު މޫސާގެ ހަށިގަނޑު އޮޓޮޕްސީއަށް ބޭރަށް ފޮނުވަނީ

މާވަށު މޫސާގެ ހަށިގަނޑު އޮޓޮޕްސީއަށް ބޭރަށް ފޮނުވަނީ

Author
ހުސައިން
30 ޖުލައި 2025 02:47
0

ހޯމަ ދުވަހު ލ. މާވަށުގައި ވަޅިން ޖަހާ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ބޭރަށް ފޮނުވުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި މޫސާ މަރުވީ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިންނެވެ.

މި މައްސަލައިގައި ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ މުހައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވެއެވެ. ހަމަލާގައި ބޭނުންކުރި ވަޅި ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ތަހުގީގު ނިމެންދެން މުހައްމަދު އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.