މާވަށުގައި ޒުވާނަކު މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

މާވަށުގައި ޒުވާނަކު މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

Author
ހުސައިން
29 ޖުލައި 2025 08:09
0

ލ. މާވަށުގައި އިއްޔެ ހެނދުނު ޒުވާނަކު މަރާލުމުގެ ހާދިސާ ހިނގައި، އެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެ ރަށުގެ 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި، މުހައްމަދު އިބްރާހިމްއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮތް މީހެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމީއެވެ.

އެނގިފައިވާ ގޮތުގައި، މުހައްމަދު އިބްރާހިމް މޫސާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ކުއްލިއަކަށެވެ. މި ހަމަލާގައި ބޭނުންކުރި ވަޅި މާވަށު މޫދު އަޑިން ފުލުހުން ހޯދާފައި ވެއެވެ. ނަމަވެސް މި ދެ މީހުންގެ ދެމެދުގައި މަރާމާރީއަކަށް ގޮސް، ހަމަލާދިނުމުގެ ހިސާބަށް ދިޔަ ސަބަބު އަދި ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާއިރު، ހާދިސާއާ ގުޅޭގޮތުން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.