ސްކޮލަރޝިޕްތަކަށް 344 މިލިޔަން ރުފިޔާ ހަރަދުވެއްޖެ، 607 ދަރިވަރުން 20 ގައުމެއްގައި ދަނީ ކިޔަވަމުން

ސްކޮލަރޝިޕްތަކަށް 344 މިލިޔަން ރުފިޔާ ހަރަދުވެއްޖެ، 607 ދަރިވަރުން 20 ގައުމެއްގައި ދަނީ ކިޔަވަމުން

Author
ހުސައިން
29 ޖުލައި 2025 12:48
0

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ 93 ސްކޮލަރޝިޕް ސްކީމްތަކަށް މިހާތަނަށް 344 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އަދަދު 2024 ވަނަ އަހަރުން ފެށިގެން ހަރަދުކޮށްފައިވަނީ 268 ދަރިވަރުންނަށް ކަމަށް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކައެވެ.

ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުން ކަމަށްވާއިރު، 268 ދަރިވަރުންގެ ތެރޭގައި 176 އަންހެން ކުދިންނާއި 80 ފިރިހެން ކުދިން ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މިހާތަނަށް 357 ދަރިވަރުން މި ސްކީމްތަކުގެ ދަށުން މަތީ ތައުލީމު ހާސިލުކޮށް ނިމިފައިވާކަން ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕްތަކަށް ހަރަދުކޮށްފައިވާ 95.3 މިލިޔަން ރުފިޔާއަކީ 45 ދަރިވަރުންނަށް ދޫކުރި ފައިސާކަން ތަފާސް ހިސާބުތަކުން އެނގެއެވެ. މިވަގުތު ރާއްޖެ ހިމެނޭގޮތުން ޖުމުލަ 20 ގައުމެއްގައި 607 ދަރިވަރުން ސްކޮލަރޝިޕް ހާސިލުކޮށް ކިޔަވަމުންދާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ސަރުކާރުން ދޭ ހައި އެޗީވާރސް ސްކޮލަރޝިޕްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕްތަކާއި އެކި ގައުމުތަކުން ރާއްޖޭގެ ދަރިވަރުންނަށް ހުށަހަޅާ ސްކޮލަރޝިޕް ފުރުސަތުތައް ވެސް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.