ނިރުބަވެރި ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތައް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅައިފައިވާ ލިސްޓަށް ބަދަލު ނުގެނައުމަށް ނިންމައިފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ރައީސް ކަނޑައެޅުމަށް ފަހު ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަން ޖެހޭނެ އެވެ. ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އެ ލިސްޓުގައި އޮތީ ސީރިއާ އެކަންޏެވެ. އެކަމަކު ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވެ އެވެ.
ޓެރަރިސްޓް ޖަމާޢަތްތައް:
1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
2. އަލް ޤައިދާ
3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
4. ލަޝްކަރޭ ޠައިބާ
5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
7. އަބޫ ސައްޔާފް ގްރޫޕް
8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް
9. އަލް ޝަބާބް
10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
13. ޖައިޝޭ މުޙައްމަދު
14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
15. ނޭޝަނަލް ތައުޙީދް ޖަމާޢަތް
16. ޖަމާޢަތު މިއްލަތޭ އިބްރާހީމް
17. ވިލާޔަތް އަލް ސޭލާނީ
18. ހައިއަތު ތަހްރީރު އަލް ޝާމް
19. ހުއްރާސް އައް ދީން
ރައީސް އޮފީހުން ބުނީ އެ ލިސްޓު މުރާޖާ ކުރުމަށް ފަހު އެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނަން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންވެ، ކުރިން ވެސް އިއުލާން ކޮށްފައިވާ ލިސްޓު އޮތްގޮތަށް ދެމެހެއްޓުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ