ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ދިވެހި ސަރުކާރުން މިއަދު ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތުގައި ލަންކާ ރައީސަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ލަންކާ ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމާއެކު، ސްކޫލު ދަރިވަރުން ޘަޤާފީ ހުށަހެޅުމެއް ދައްކަވައި، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމް އަރުވައިފިއެވެ. ހަމައެއާއެކު ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެ، ލަންކާ ރައީސް އަނޫރާ ޝަރަފުގެ ގާޑް އިންސްޕެކްޓް ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ލަންކާ ރައީސް އަނޫރާ ދިވެހި ދައުލަތުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ތަޢާރަފުވެވަޑައިގަތުމުގެ އިތުރުން، ލަންކާ ވަފުދުގެ ބޭފުޅުން ވެސް ތަޢާރަފުކޮށްދެއްވިއެވެ. މި ރަސްމިއްޔާތު ނިމުމަށްފަހު، ހަތްކޮޅުގައި ބެރު ދުންމާރި ތާޅަފިލީގައި ލަންކާ ރައީސް ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.
މި ދަތުރަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ