ފްލައިން ސްކޫލުގެ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދޭން މަސައްކަތް ފަށައިފި

ފްލައިން ސްކޫލުގެ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދޭން މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 02:35
0

އައްޑޫ ފްލައިންގ ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިންނަށް ތަމްރީން ދިނުމުގައި ހަރަކާތްތެރިވަނީ 12 އިންސްޓްރަކްޓަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ ކިޔަވާ ކުދިންނަށް އެހެން ފްލައިން ސްކޫލަކުން ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވީ، މިކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މާބޮޑު ޒިންމާއެއް ނޯންނާތީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ފްލައިންގ ސްކޫލާމެދު ފިޔަވަޅުއެޅެން ނޯންނަކަމަށެވެ. ނަމަވެސް ތަޢުލީމީ ގޮތުން ދޭންޖެހޭ ލުއިތައް ދިނުމާއި، އަދި ކުދިންނަށް އިތުރު ގޮތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފްލައިންގ ސްކޫލްގެ ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދީފައިވާ ލޯނަށް ލުއިއެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ކޯސް ނިމުނުތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް އެހެން ސްކޫލަކަށް ދަރިވަރުން ފޮނުވައިގެން، މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި މިފަދަ އިންތިޒާމެއް ހަމަޖެއްސުމަށް 6 މަހުގެ މުއްދަތެއް ނަގާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

އައްޑޫ ފްލައިންގ ސްކޫލު މިހާރު ހިންގަމުންދާ ފަރާތުގެ މުއްދަތު ހަމަވުމުން ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދަން އަލުން ހުޅުވާލާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިކުރާމް
ތިޔަ ކަން ހައްލުކުރަން ނަހުލާ އަށް އެއްވެސް ކަމެއް ނުކުރެވޭނެ ހަމަސް ކީކުރަން ތޯ ހަ އަހަރުން ވެސް ނުވާނެ އެ ކަމަނާ ރަނގަޅު ވާނީ އިސްތިއުފާ ދީފަ ގެއައް ވަޑައި ގަތިއްޔާ