ފެމިލީ ކޯޓުން ޖޫން މަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފައި ވާގޮތުން، އެ މަހު 180 ކައިވެނި ކޮށްދިނުމާއެކު 63 ވަރީގެ މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވިއްޖެއެވެ.
ކޯޓުން ރޭ ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ޖޫން މަހު ނިންމި ވަރީގެ މައްސަލަތަކުގެ ތެރޭގައި ވަރިއާމެދު ޝައްކުވެގެން ހުށަހެޅުނު 3 މައްސަލައާއި، ވަރި ސާބިތުކުރުމަށް ހުށަހެޅުނު 32 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން 26 ވަރީގެ މައްސަލަ އަދިވެސް ނުނިމި ހުރިކަން ފާހަގަކުރެވެއެވެ.
ވަރިކުރުމަށް އެދި ޖޫން މަހު 15 މައްސަލަ ހުށަހެޅިފައިވާއިރު، ވަރިވުމަށް އެދި 61 މައްސަލަ ހުށަހެޅިފައިވެއެވެ. މިހާރުވެސް ކޯޓުގައި ނުނިމި ހުރި ވަރީގެ މައްސަލަތަކުގެ ޢަދަދު 100 އަށްވުރެ ގިނަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ފެމިލީ ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ޖޫން މަހު ގެވެށި އަނިޔާއާ ގުޅޭ ގިނަ މައްސަލަތަކެއްވެސް ކޯޓުން ބަލާފައިވެއެވެ. ނަމަވެސް މި މައްސަލަތަކުގެ ތަފްސީލު ތަފާސް ހިސާބުތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ