ފުލުހުންނާއި ގުޅުންހުރި ބައެއް ޚަބަރު ތަކުގައި ބައެއް މީޑިޔާތަކުން އަދިވެސް ފުލުހުންގެ ކުރީގެ ތަރުޖާނުގެ އިޒްމިއާ ޒާހިރުގެ ފޮޓޯ ބޭނުން ކުރަމުންދާތީ އޭނާ ނުރުހުން ފާޅުކުރައްވައިފި އެވެ.
ވަގުތު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދެމުންދާތީ، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެ މީޑިޔާއެއްގައި ޝައިރު ކޮށްފައިވާ ޚަބަރުގައި އިޒުމިއާއިގެ ފޮޓޯ ބޭނުން ކޮށްފައިވާތީ އޭނާ ވަނީ މިޑިޔާތަކުން އޭނާގެ ފޮޓޯ ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަކިކޮށްފައިވަނީ ދިމިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުންގެ ތަރުޖަމާނުގެ މަޤާމުން އިޒްމިއާ ވަކިކުރެއްވި ސިދާ ސަބަބެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ މީ އާއްމު އުސޫލުން ގެނައި އިދާރީ ބަދަލެއްކަމަށެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ ހަމަޖެއްސެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ އަކީ ފަހުގެ ތާރީހެއްގައި މި މަޤާމަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ފުލުހެވެ. ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި އިޒްމިއާ ވަނީ ފުުހުންނާއި މީޑިއާތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ