ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
15 ޖުލައި 2025 08:35
0

2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 ކްލާސްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުޅުވާލައިފިއެވެ.

މި އަހަރުވެސް ކުރީ އަހަރުތަކާ އެއްގޮތަށް އަތޮޅުތެރޭގެ ސްކޫލުތަކުން އެޕްލިކޭޝަން ފޯމުތައް ދޫކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ. އަތޮޅުތެރޭގެ ބެލެނިވެރިންނަށް ސްކޫލުތަކުން ސީދާ ފޯމް ހޯދޭނެއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އެދޭ ފަރާތްތަކުން ނަމަވެސް، އޮންލައިން މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެއެވެ. މި އޮންލައިން ފޯމު މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީން ބެލެނިވެރިންނަށް އިލްތިމާސް ކުރަނީ ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުމަށެވެ.

ކަނޑައެޅިފައިވާ ސުންގަޑި ފާއިތުވުމަށްފަހު ލިބޭ އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެކަން މިނިސްޓްރީން ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެހެންކަމުން ބެލެނިވެރިން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.