ޤާނޫނާއި ޚިލާފަށް އިންތިޚާބް ލަސްކުރާ ފަރާތްތަކުން ޒިންމާ އުފުލައި، ޖަވާބު ދަރީވާންޖެހޭނެ

ޤާނޫނާއި ޚިލާފަށް އިންތިޚާބް ލަސްކުރާ ފަރާތްތަކުން ޒިންމާ އުފުލައި، ޖަވާބު ދަރީވާންޖެހޭނެ

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 11:34
0

ޤާނޫނާއި ޚިލާފަށް ކައުންސިލް އިންތިޚާބް ލަސްކުރާ ފަރާތްތަކުން ޒިންމާ އުފުލައި، ޖަވާބު ދަރީވާންޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިޚަބު ނުބާއްވަން އިލްކެޝަން ކޮމިޝަނުން ދައްކަމުންދަ ބަހަނާތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔަރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނު އަސާސީ އާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވަކަމަށެ. މިއަދު އިންތިޚާބު ލަސްކުރުމަށް ދައްކަމުންދާ ބަހަނާތަކަކީ އިންތިޚާބު ލަސްކުރުމަށް ދެއްކޭނެ ބަހަނާއެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ހެލްތް އިމަރޖެންސީ ދެމިއޮތަސް، ޤައުމު އޮތީ ލޮކްޑައުންގެ ޙާލަތަކު ނޫންކަމަށެވެ. ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި އިންތިޚާބް ފަސްކޮށް، އިންތިޚާބު ނުބޭއްވުމަށް މަސައްކަތްކޮށް މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޤާނޫނީ ޒިންމާ އުފުލަންޖެހޭނެކަމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ. ހެލްތް އިމަރޖެންސީ ދެމިއޮތަސް، ޤައުމު އޮތީ ލޮކްޑައުންގެ ޙާލަތަކު ނޫން. ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޤާނޫނީ ޒިންމާ އުފުލަންޖެހޭނެ. ޖަވާބުދާރީ ކުރެވޭނެ!

– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން އިއްޔެގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ. ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ޝެޑިއުލްކޮށްފައި އޮތް ތާރީޚުގައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ގައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި މަޖިލީހުން ފާސްކުރި ކައުންސިލް އިންތިޚާބާއި ގުޅޭ ވަގުތީ ޤާނޫނުގައި ބުނެފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. ނަމަވެސް އެދުވަސްވަރަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާ ދުވަސްތަކެއްކަމުން އިލެކްޝަނަސް ކޮމިޝަނުން ވަނީ އޭގެ ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ މާރިޗް 6 ގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.