ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވި މެޗަކީ އުދަގުލުން ހޯދުނު މޮޅެއްކަމަށް ވެލެންސިޔާގެ ކޯޗު އަހުމަދު އާތިފް ބުނެފިއެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ދެ ޓީމުން ވެސް ކުޅުނީ ވަރަށް ބަލައިގެން އިދިކޮޅު ޓީމަށް ފުރުސަތެއް ނުދީ ކަމަށެވެ. ދެ ޕެނަލްޓީން މެޗުގެ ނަތީޖާ ކަނޑައެޅިގެންދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ވެލެންސިއާ އިން ތަނަވަސްކުރިކަން އާތީ ފާހަގަކުރި އެވެ.
މިއަދު ގިނަ ޗާންސްތަކެއް ކްރިއޭޓްކުރި ވެލެންސިއާ ކަންނޭނގެ. އެ ކްރިއޭޓްކުރި ޗާންސެއްގެ ތެރެއިން ކަންނޭނގެ ޕެނަލްޓީއެއް ވެސް އެ ލިބުނީ. ކޮންމެ ގޮތެއްވިޔަސް އޯކޭ އަޅުގަނޑުމެން މަސައްކަތްކުރަނީ މޮޅުވާން.
– އާތީ ބުނެފައި ވެއެވެ.
މެޗުން މޮޅުވެ ވެލެންސިއާ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ