އިންތިޚާބު ލަސްކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާތީ އަތޮޅުތެރޭގެ ތަރައްޤީ ވަނީ ހުއްޓިފަ

އިންތިޚާބު ލަސްކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާތީ އަތޮޅުތެރޭގެ ތަރައްޤީ ވަނީ ހުއްޓިފަ

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 09:24
0

ލޯކަލް ކައުންސިލް އިންތިޚާބު ލަސްކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާތީ އަތޮޅުތެރޭގެ ތަރައްޤީ ވަނީ ހުއްޓިފައި ކަމުގައި ކްރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށް، އިންތިޚާބު ބޭއްވޭނެ ދުވަހެއް ވާދަ ކުރާ ކެންޑިޑޭޓުންނަށް ނޭގި ބޮޑޮ އުޅޮން ބޮޅުން ގަނޑެއްގެ ތެރޭގައިވާތީ، އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ފާޅުކުރަމުންދާ ޝުޢޫރުތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ ލާމަރުކަޒީގެ މޭސްތިރިންކަމަށް ބުނެ ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައި ވެރިކަމަށް އައުމަށްފަހު ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ކައުންސިލަރުންގެ އަތްފައި ބުރިކޮށް، ބާރުތައް ކަޑުވާލާފައިވާކަމީ މިއަދު ފެންނަމުންދާ މަންޒަރުކަމަށެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދީފައިވާއިރު، ސަރުކާރުން ކައުންސިލްތަކަށް އެބާރު ނުދީ ކައުންސިލްތަކުގެ ދައުރު ހަމަވެ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް އިންތިޚާބު ނުބާއްވައި މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކޮށްލަ، ކޮށްލަ ތިބުމަކީ އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރިމަތިވަމުންދާ ވަރަށްބޮޑު ހުރަހެއް ކަމުގައެވެ.

ލާމަރުކަޒީގެ މޭސްތިރިންކަމަށްބުނެ ވެރިކަމަށް އައި ބަޔަކު ކައުންސިލަރުންގެ އަތްފައި ބުރިކޮށް ބާރު ކަނޑުވާލުމަށްފަހު ކައުންސިލްތަކުގެ ދައުރު ދަންމައިލައި، ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމުން އަތޮޅުތެރޭގެ ތަރައްޤީއަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން.

– ހައިލަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަ ކުރުމަށް ނަން ހުށަހަޅާފައިވާ ގިނަ ކެންޑިޑޭޓުން މިހާރުވެސް ކެންޕެއިން ކުރަމުންދާއިރު، ބައެއް ކެންޑިޑޭޓުން ވަނީ އިންތިޚާބު ބާއްވާނެ ކަމުގެ އެއްވެސް އުންމީދެއްނެތި ނަންވެސް އަބުރާ ނަގައިފައެވެ. އިންތިޚާބު ބާއްވާނެ ދުވަހެއް ސާފުކޮށް އެގެން ނެތްއިރު، މިދަނޑިވަޅުގައި އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ބޮޑުތަނުން ބަލިވާނެތީ އިންތިޚާބު މިދަނޑިވަޅުގައި ނުބާއްވާނެކަމަށް އިދިކޮޅު ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ގިނަ ދުވަސް ތަކެއް ވެގެންދާއިރު، ރަށްރަށުގައި މިހާރު ތިބި ކައުންސިލަރުންގެ ޤާނޫނީ މުއްދަތު ހަމަވެ، މަޖިލީހުން ފާސްކުރި ޚާއްސަ ޤާނޫނަކުން ދައުރު ދަންމާލައި، މިހާރު ތިބި ކައުންސިލަރުންނަށް ފާސްކުރި ލާމަރުކަޒީ ޤާނޫނުގައި ދީފައިވާ ބާރުތަކާއި، ބަޖެޓުވެސް ދީފައި ނުވެއެވެ. ސަރުކާރުން ބުނަމުންދަނީ އެބާރުތަކާއި، ބަޖެޓް ދޭނީ އާ ކައުންސިލަރުން އިންތިޚާބު ވުމުންކަމަށެވެ. އިންތިޚާބު ނުބާއްވައި ސަރުކާރުން ލަސްކުރަމުންދާތީ މިމައްސަލަ މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mohamed
Mibeyfulhaa akee siyaasee vefaivaa mehekey kurin kiyamun aee hama ehen vegentha