މޮރޮކޯގައި ކިޔެވުމަށް 20 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި

މޮރޮކޯގައި ކިޔެވުމަށް 20 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
07 ޖުލައި 2025 09:53
0

މޮރޮކޯގައި ކިޔެވުމަށް ޖުމްލަ 20 ސްކޮލަޝިޕްގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން މިއަދު ޢާންމުކުރި އިޢުލާނަށް ބަލާއިރު، މި ފުރުސަތުތަކުގެ ތެރޭގައި ބެޗްލާސް ޑިގްރީ ހަދާން 7 ފުރުސަތާއި، މާސްޓާސް ޑިގްރީއަށް 8 ފުރުސަތާއި، ޕީއެޗްޑީ ލެވަލްގައި 5 ފުރުސަތު ހިމެނެ އެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން ހިންގާ ކޯސްތަކުގެ ތެރެއިން ގިނަ ކޯސްތަކަކީ ފްރެންޗް ބަހުން ކިޔަވައިދޭ ކޯސްތައް ކަމަށް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ފްރެންޗް ބަސް ނޭނގޭ ދަރިވަރުންނަށް ކޯސް ފެށުމުގެ ކުރިން އެ ބަސް ދަސްކޮށްދޭނެ ޚާއްސަ ޕްރޮގްރާމެއް ހިންގާނެ ކަމަށް މިނިސްޓްރީން ޔަގީންކަން ދީފައިވެ އެވެ.

އިސްލާމީ ތަރުބިއްޔަތާއި، އަރަބި ބަހާއި އަރަބިކް ލިޓަރޭޗާ ކަހަލަ ދާއިރާތަކުން ކިޔަވަން އެދޭ ފަރާތްތަކަށް އަރަބި ބަސް އެނގުމަކީ މުހިންމު ޝަރުޠެއް ކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެ އެވެ.

މި ސްކޮލަޝިޕްތަކަށް އެދޭ ފަރާތްތަކުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށް މިނިސްޓްރީން އަންގާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.