ބ. ކަމަދޫންއިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ބ. ކަމަދޫންއިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Author
ހުސައިން
06 ޖުލައި 2025 12:17
0

މަސްތުވާތަކެއްޗާ އެކު ބ. ކަމަދޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ހައްޔަރުކޮށްފައި ވަނީ ކަމަދޫ، ސުވާސާގެ، ޢަލީ ރިޔާޒް ޙަސަން، 534، އާއި އެ ރަށު ފެންފިޔާޒުގޭ އާމިނަތު ފަރީޝާ، 42، އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރިޔާޟު ފަސް ދުވަހަށް އަދި ފަރީޝާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.