ވީއައިއޭގެ އާ ޓާމިނަލުގެ ސަލާމަތީ ކަންކަން ހުރީ ބައިނަލްއަގުވާމީ ފެންވަރަށް: ޑާސާ

ވީއައިއޭގެ އާ ޓާމިނަލުގެ ސަލާމަތީ ކަންކަން ހުރީ ބައިނަލްއަގުވާމީ ފެންވަރަށް: ޑާސާ

ގުޅުންހުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ސަލާމަތީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ފެންވަރުގެ ނިޒާމެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ވީޑިއޯ ސެގްމަންޓެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އާ ޓާމިނަލުގައި ހަރުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ވަރަށް މޮޑަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމުގައި ހިމެނެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން ބަލާއިރު، އާ ޓާމިނަލުގައި ބޭނުންކުރާ ސަލާމަތީ އާލާތްތަކާއި ނިޒާމުތަކަކީ އެންމެ ފުރިހަމަ މިންގަނޑުތަކުގައި ހުރި ތަކެތި. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުބާރާއި ސަލާމަތްތެރިކަން ހޯދައިދޭނެ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އާ ޓާމިނަލް ހުޅުވުމުން ރާއްޖެއަށް ލިބޭ ފައިދާތަކުގެ ތެރޭގައި، އިތުރު އެއާލައިންތަކަށް ރާއްޖެއަށް އޮޕަރޭޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ. މިކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ޑާސާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގާ އިދާރާއެއް ކަމަށާއި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ސެކިއުރިޓީ ކަންކަން ބަލަހައްޓާ މައިގަނޑު އިދާރާކަން ފާހަގަކުރެވެއެވެ. މި އިދާރާއިން ބަލަހައްޓަނީ އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަމާއި، ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީ މިންގަނޑުތައް ތަންފީޒުކުރުމުގެ މަސައްކަތެވެ. އަދި ވައިގެ ދަތުރުފަތުރާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ޒިންމާވެސް އުފުލަމުން ގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ