އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކުރި ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފި

އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކުރި ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފި

ގުޅުންހުރި

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކުރުމުގައި ޚިދުމަތްތެރިވި ފަރާތްތަކުގެ މަސައްކަތް ޖަމްޢިއްޔަތުއްސަލަފުން އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަލަފުން އިންތިޒާމުކުރި ޚާއްޞަ ރަސްމިއްޔާތެއްގައި ޖުމްލަ 8 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ލިބިގަތް ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ދަނގެތީގައި ހަރަކާތްތެރިވާ ޖަމްޢިއްޔަތުލް ގަލަމް، ގާފަރު ކައުންސިލް، ހއ. ނޮޅިވަރަމުގެ ޖަމްޢިއްޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ. ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ދ. ކުޑަހުވަދޫ ބްރަދާސް އެކަޑަމީ، ހދ. ވައިކަރަދޫ ކައުންސިލް އަދި ނ. ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. ސަލަފުން ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ޤުރުބާނީގެ ކަންތައްތައް އިންތިޒާމުކުރުމުގައި އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް އަގުވަޒަންކުރަމުން އަންނަކަމަށް ސަލަފުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ