ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ޕްރޮޕޯސަލަށް ހަމާސްއިން ދިނީ އީޖާބީ ޖަވާބެއް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ޕްރޮޕޯސަލަށް ހަމާސްއިން ދިނީ އީޖާބީ ޖަވާބެއް

ގުޅުންހުރި

ގައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ތައްޔާރަށް ތިބި ކަމަށް ހަމާސް ޖަމާޢަތުން ހުކުރު ދުވަހު ބުނެފިއެވެ. މި ނިންމުމަށް ވާސިލުވީ ފަލަސްޠީނުގެ އެހެނިހެން ޖަމާޢަތްތަކާ ބޭއްވި މަޝްވަރާތަކަށްފަހުގައެވެ.

މި އިޢުލާން ނެރުނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ ވޮޝިންގްޓަނަށް ކުރާ ދަތުރުގެ ކުރިންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގައްޒާގައި ދިގު މުއްދަތެއްގެ ސުލްޙަ ޤާއިމުކުރުމަށް ބާރުއަޅަމުންނެވެ.

އެމެރިކާގެ އެއްބާރުލުމާއެކު ތައްޔާރުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނުގައި ހިމެނެނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލުމެވެ. މި މުއްދަތުގައި ހަމާސްއިން ދޫކޮށްލާނީ ދިރިހުރި އިޒްރޭލު އަސީރުންގެ ތިންބައިކުޅަ ދެބައި ކަމަށް ބެލެވޭ 22 މީހުންނެވެ. މީގެ ބަދަލުގައި އިޒްރޭލުން ދޫކޮށްލާނީ އެ ޤައުމުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު ގައިދީންނެވެ.

އިސްލާމިކް ޖިހާދު ޖަމާޢަތުގެ ތަރުޖަމާނަކު ވިދާޅުވީ އެ ޖަމާޢަތުންވެސް މި މަޝްވަރާތަކަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް އަސީރުން ދޫކޮށްލުމަށްފަހު އިޒްރޭލުން އަލުން ހަމަލާދިނުން ނުފަށާނެކަމުގެ ޔަޤީންކަން ލިބުން މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ.

ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ވިދާޅުވީ ގައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށާއި، އެ ރައްޔިތުން ވަނީ ނަރަކައެއް ތަޖުރިބާކޮށްފައި ކަމަށެވެ. އިޒްރޭލުގެ އެތެރޭގައި ސިޔާސީ ފިއްތުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ނެތަންޔާހޫ ވަނީ ހުރިހާ އަސީރުން މިނިވަންކުރުމަށް އޮތް ޢަޒުމު އަލުން ތަކުރާރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ