އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގިކަން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިރޭ 00:25 ހާއިރު ކަމަށެވެ. އަދި މިހާރު ފަޔަރއެން ރެސްކިއުގެ ލޯންޗެއް ހަރަކާތްތެރިވާން ފަށާފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ރިސޯޓުގެ ގެސްޓްރޫމެއްގައި ރޯވި އަލިފާނުގެ 25 އިންސައްތަ، ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން، ރޯވިތާ ބައިގަޑީރެއްހާއިރު ފަހުން ކޮންޓްރޯލް ކުރެވިފައި ވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ގެސްޓްރޫމްގައި ރޯވި އަލިފާން، ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވާކަމަށް އެމްއެންޑިއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ