އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ އައްޔަންކުރައްވައިފި

އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ އައްޔަންކުރައްވައިފި

ގުޅުންހުރި

ސްކޫލްތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އުފުލާ އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ އައްޔަންކުރައްވައިފިއެވެ. މިއަދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެއްޓެވި ސައުދުﷲ އަކީ ތައުލީމީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަކީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނެކެވެ. މި މަގާމުގައި ހުންނަވާ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި 19،278 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ވަޒީފާގެ އެލަވަންސްގެ ގޮތުގައި މަހަކު 11،041 ރުފިޔާއާއި، މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކު ހާޒިރީ އެލަވަންސްގެ ގޮތުގައި 299 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ވެސް ލިބިވަޑައިގަންނަވާނެއެވެ.

ސައުދުﷲ އަކީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ