ރިސޯޓެއްގައި އިންޑިޔާ މީހަކު ދިވެހި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދަން ފުލުހުން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރިސޯޓްގައި، 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި އިންޑީޔާ މީހަކު ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލާފައިވާކަމުގެ ސީރިއަސް ތުހުމަތުތަކެއް އަމާޒު ވެފައިވާ ދަނޑިވަޅުގައި ފުލުހުން ބުނެފައިވަނީ މިމައްސަލަ ފެންމަތި ވެފައިވަނީ މިޑީޔާއިން ކަމަށެވެ. ފުލުހުންނަށް މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވާއިރު، މިކަމުގެ ހަގީގަތެއް ބެލުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް މިއަދު ވަނީ ބުނެފައެވެ.
ރިސޯޓުގައި މި އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އެރިސޯޓުގެ އެފްއެންޑްބީ މެނޭޖަރ އަމިތް ނަމަކަށް ކިޔާ އިންޑިޔާ މީހެއްކެވެ. މިމީހާ ރާއްޖެއިން ފުރުވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒަފުންނަށްވެސް އޮޅުވާލައި، ސިއްރުންކަމަށް ރިސޯޓުގެ ބައެއް މުވައްޒިފުން ބުނެފައިވެއެވެ.
މިމައްސަލާގައި ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ރޭޕްގެ މައްސަަތަކަށް މިސަރުކާރު އޮއްވައި އިންސާފެއް ނުލިބޭނެކަމަށެވެ. މިހާތަނަށްވެސް މިފަދަ ރޭޕް ކޭސްތަކުގައި ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ކުށް ކުރާ މީހާ ފޮރުވައި، މައްސަލަ އޮއްބާލުމަށް ކަމުގައެވެ. އަދި މިއީ ސަރުކާރުން އެހާ ބޮޑު ސަމާލުކަމެއްދޭ ބާވަތުގެ މައްސަލައެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ