ޢީދު ދުވަހު ދިވެހި ޙައްޖުވެރިން ޖަމްރަތުލް އަޤަބާއަށް ހިލަ އުކާ އިހްރާމް ކަނޑާލައިފި

ޢީދު ދުވަހު ދިވެހި ޙައްޖުވެރިން ޖަމްރަތުލް އަޤަބާއަށް ހިލަ އުކާ އިހްރާމް ކަނޑާލައިފި

Author
ހުސައިން
06 ޖޫން 2025 07:25
0

މިއަހަރުގެ ޙައްޖު މޫސުމުގައި ބައިވެރިވި ދިވެހި ޙައްޖުވެރިން ޢީދު ދުވަހު ޖަމްރަތުލް އަޤަބާއަށް ހިލަ އުކުމުގެ މަނާސިކް އަދާކޮށް އިހްރާމު ކަނޑައިފިއެވެ. މިއީ ޙައްޖުގެ އެންމެ މުހިންމު މަނާސިކްތަކުގެ ތެރެއިން އެއް .މަނާސިކްއެވެ.

ޖަމްރާތަކަށް ހިލަ އުކުމުގެ މި މަނާސިކަކީ އިބްރާހީމް ޢަލައިހިއްސަލާމު އިބްލީސް ފައްސާލުމަށް ހިލަ އުއްކެވި ކުއްކެވުމުގެ ހަނދާންކޮށް އެކަމަށް އިގްތިދާކުރުމުގެ ގޮތުން ކުރާ ޢަމަލެކެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްޖަތުލް ވަދާޢުގައި މި މަނާސިކް އަދާކުރެއްވި ގޮތަށް ޙައްޖުވެރިން ޢަމަލުކުރަމުންދެއެވެ.

ޢީދު ދުވަހު ޙައްޖުވެރިން ހިލަ އުކާނީ ޖަމްރަތުލް އަޤަބާއަށް އެކަންޏެވެ. ނަމަވެސް އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ތިން ޖަމްރާއަށްވެސް ހިލަ އުކަން ޖެހެއެވެ. މިގޮތުން ކޮންމެ ޙައްޖުވެރިއަކު ޖުމްލަ 21 ހިލަކޮޅު އުކަން ޖެހެއެވެ.

ތިން ޖަމްރާ ހުންނަނީ މިނާގެ އަލްއަޤަބާ ސަރަޙައްދުގައެވެ. މިއީ އިބްރާހީމްގެފާނަށް އިބްލީސް ފެނުނު ތިން ތަންކަމަށް ދީނީ ޢިލްމުވެރިން ބުނެއެވެ.

ޖަމްރާއަށް ހިލަ އުކުމަށްފަހު ދިވެހި ޙައްޖުވެރިން އިހްރާމް ކަނޑާ، ފިރިހެން ޙައްޖުވެރިން ބޯ ތުނިކޮށް ނުވަތަ ބާލާފައިވެއެވެ. އަދި ޙައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންގެ ފަރާތުން ހަދްޔު ކަތިލުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހި ޙައްޖުވެރިން މިނާގައި ހޭދަކުރާނީ އިތުރު ދެ ދުވަހެވެ. މި ދެ ދުވަހު ތިން ޖަމްރާއަށް ހިލަ އުކުމުގެ މަނާސިކް އަދާކުރުމަށްފަހު މައްކާއަށް އެނބުރި ދާނެކަމަށް ޙައްޖު މިޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.