ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވަނީ، މި އަހަރުގެ ބޮޑު އީދަށް ރާއްޖޭގެ 65 ރަށެއްގައި އީދު ލައިޓް ދިއްލާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ބޮޑު އީދަށް 29 ރަށަކަށް އީދު ލައިޓް ފޮނުވާފައިވާއިރު، މި އަހަރު އިތުރު 36 ރަށަކަށް ލައިޓް ފޮނުވާފައިވެއެވެ. މި ލައިޓްތައް ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ.
މިދިޔަ އަހަރުގެ ބޮޑު އީދުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ލައިޓް ދިއްލާފައިވާއިރު، މި އަހަރު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އީދު ފާހަގަކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، އިސްލާމީ އަދަބުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. މިއީ މުސްލިމުންގެ ޚާއްސަ ދުވަހެއް ކަމުން، އެ ދުވަސް ފާހަގަކުރުމުގައި ދީނީ އަދަބުތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ