މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ޚާއްޞަ ސެމިނާއެއް ފަށައިފި

މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ޚާއްޞަ ސެމިނާއެއް ފަށައިފި

Author
ހުސައިން
27 މެއި 2025 10:38
0

މަސްވެރިކަމުގެ ސިނާއަތުގައި ބްލޫ އިކޮނޮމީ ކުރިއެރުވުމާއި، ދޯނިފަހަރުގައި ކަންނެލި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ގޮތްތައް ދަސްކޮށްދިނުމަށް ޚާއްޞަ ސެމިނާއެއް ފެށިއްޖެއެވެ.

މީރުމާ ހޮޓެލުގައި އިއްޔެ ފެށުނު މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯއެވެ. ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސެމިނާގައި މަސްވެރިކަމުގެ ޓެކްނޮލޮޖީ ކުރިއެރުވުމާއި، ދިރޭ ކަންނެލި ދޯނީގައި ރައްކާކުރުމުގެ ފަންނީ ގޮތްތައް ހިއްސާކުރެވޭނެއެވެ. ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމުގެ ތަފާތު ގޮތްތަކުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ސެމިނާގައި ޓޫނާ ރިންގް ތައާރަފުކޮށް، އިކެޖިމޭ މެތޮޑު ބޭނުންކޮށްގެން ކަންނެލީގެ ފެންވަރު ދެމެހެއްޓުމަށް ދޯނިފަހަރުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދޭނެއެވެ. މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފުކުރުމާއި، އެމްގެ ވަސީލަތްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދެވޭނެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިތައް ގުޅުވާލުމާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގެ މައުލޫމާތު ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުދި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ގެނައުމަށް އެހީތެރިވުމުގެ ގޮތްތައް ވެސް ސެމިނާގައި ހިއްސާކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.