ޗައިނާ އެމްބަސީގެ ފަރާތުން ރާއްޖެއަށް ކުޅިވަރުގެ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުވީ، ހެންވޭރު ބޯޅަ ގޭގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ޗައިނާ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ނިޔުކުރެވިފައިވާ ޗައިނާގެ ސަފީރު ކޮން ޝިންހުއާ އެވެ.
މިއަދު ހަދިޔާކުރެވިފައިވާ ކުޅިވަރު ސާމާނުތަކުގައި ހިމެނޭ ޖުމްލަ 400 ފުޓްބޯޅަ އާއި، އެތުލެޓިކްސް ދުވަސްވަރު ބޭނުންވާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލް، 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ޓޭބަލް ޓެނިސް ރެކެޓް، 60 ޓޭބަލް ޓެނިސް މޭޒާއި ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެވެ.
ދިވެހިރާއްޖެގެ ކުޅިވަރު ދިރުވުމަށް ޗައިނާ އަކީ އަބަދުވެސް އެހީވެދެމުން އަންނަ ގައުމެކެވެ. ކުރީގައި ވެސް ކުޅިވަރު ސާމާނުތައް ހަދިޔާކުރުމުގެ އިތުރުން، ދިވެހި އެތުލީޓުންނާއި ކުޅިވަރު ޓީމްތަކަށް ތަމްރީނުގެ ހޯދުމުގެ ފުރުސަތު ޗައިނާއިން ފަހިކޮށްދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ