ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ފަރުމާކޮށް، ނުހިއްކާ އޮތް ސަރަހައްދުން ދޫކުރި ގޯތިތައް ހިއްކާފައިވާ ސަރަހައްދަށް ބަދަލުކޮށްފި

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ފަރުމާކޮށް، ނުހިއްކާ އޮތް ސަރަހައްދުން ދޫކުރި ގޯތިތައް ހިއްކާފައިވާ ސަރަހައްދަށް ބަދަލުކޮށްފި

Author
ހުސައިން
17 މެއި 2025 08:51
0

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަލުން، ގުޅީފަޅުގެ ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ. މި ބަދަލާއެކު، އާ ލޭންޑް ޔޫސް ޕްލޭނެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

މި ޕްލޭންގެ ދަށުން ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކައި، 3،520 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އާ ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ގޮތުން، ގޯތި ދޫކުރާނެ ސަރަހައްދުތައް ވަކިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހައުސިންގ ޔުނިޓްތަކާއި ރެސިޑެންޝަލް ޕްލޮޓްތައް ހިމެނޭކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު، ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ސަރަހައްދުންވެސް ގޯތި ދޫކުރުމުން، ޚާއްޞަކޮށް ނުހިއްކާ އޮތް ސަރަހައްދުން ގޯތި ދޫކުރުމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.

މި އައު ޕްލޭންގައި، ސަރުކާރު އޮފީސްތަކަށް ޚާއްޞަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއްވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ސްކޫލްތަކާއި މިސްކިތްތަކަށާއި، ޓޫރިޒަމަށާއި، އެކި ކަހަލަ ވިޔަފާރިތަކަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތައްވެސް ޕްލޭންގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.