ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖެހިއްޖެ

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖެހިއްޖެ

ގުޅުންހުރި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މި ޚިދުމަތް އީފާސް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިޢުލާނުގައި ވާގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ކަރުދާހުގައި ފޯމު ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި އޮންލައިންކޮށް ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެއެވެ.

އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމު ލިސްޓުތައް މިހާރު ޢަމަލުކުރަމުން އަންނަ އުސޫލުން ކުރިއަށް ގެންދެވޭނެކަމަށް ޑީޖޭއޭ އިން މަޢުލޫމާތު ދެއެވެ.

މި ބަދަލާއެކު ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދުމުގެ މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ