ހިޔާވަހި ހައުސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި މޭ މަހުގެ ނިޔަލަށް އިތުރުކޮށްފި

ހިޔާވަހި ހައުސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި މޭ މަހުގެ ނިޔަލަށް އިތުރުކޮށްފި

Author
ހުސައިން
01 މެއި 2025 07:56
0

ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަޢާރަފުކޮށްފައިވާ "ހިޔާވަހި ހައުސިންގ ސްކީމް" އަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު 8 ވަނަ ދުވަހު ތަޢާރަފުކުރި ހިޔާވަހި ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 30 އެވެ. ނަމަވެސް، މިހާރު އެ މުއްދަތު މޭ 31، 2025 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު އެކްސް މެދުވެރިކޮށް ހާމަކުރައްވާފައިވެއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ، އެކަން ފުރިހަމަކުރުމަށް ވަގުތު ބޭނުންވާކަމަށް ފާހަގަކޮށް، ގިނަ ރައްޔިތުން ވަނީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. އެހެންކަމުން، ސަރުކާރުން ވަނީ ޕްރޮގްރާމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމަށް ނިންމާފައެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށް އަގުހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ އިސްލާމީ އުސޫލުތަކަށް ފެތޭ ސްކީމެކެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ސްކީމުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަންގައި ފާސްކުރެވިފައިވާ ކުރެހުމެއް ހިމަނަންޖެހޭނެއެވެ. ފުރަތަމަ މިނިސްޓްރީން ނިންމާފައިވަނީ ކައުންސިލްތަކުން ފާސްކޮށްފައިވާ ކުރެހުންތައް ހުށަހެޅުމަށެވެ. ނަމަވެސް، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް، މިހާރު ކައުންސިލުން ފާސްނުކުރިނަމަވެސް، ހުއްދަލިބިފައިވާ އާކިޓެކްޓެއް ލައްވާ ކުރަހާފައިވާ ކުރެހުންތައްވެސް ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.