ރަސްފަންނު މޫދަށް ތެޔޮ އެޅިފައިވާތީ މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

ރަސްފަންނު މޫދަށް ތެޔޮ އެޅިފައިވާތީ މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
28 އޭޕްރިލް 2025 02:49
0

ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅު ތެޔޮ އެޅިފައިވާތީ، އެ ސަރަހައްދުގެ މޫދަށް ނޭރުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، މި ދުވަސްވަރު އެ ސަރަހައްދުގެ މޫދަށް ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެ ސަރަހައްދުގައި ނުހިންގުމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މޫދަށް އެޅިފައިވާ ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރަސްފަންނަކީ މާލޭގެ އާންމުން މޫދަށް އެރުމަށް އެންމެ ގިނައިން ބޭނުންކުރާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގެ މޫދަށް ތެޔޮ އެޅިފައިވާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަގުތީގޮތުން މި ފިޔަވަޅު އަޅަން ޖެހިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި ސަރަހައްދުގެ މޫދު ސާފުކޮށް، އާންމުންނަށް މޫދަށް އެރޭނެ ދުވަހެއް އަންގާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.