ފުރާޅުން ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި އިތުރު ތަފްޞީލް ހާމަކޮށްފި

ފުރާޅުން ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި އިތުރު ތަފްޞީލް ހާމަކޮށްފި

Author
ހުސައިން
24 އޭޕްރިލް 2025 12:09
0

ފުރާޅު މަތިން ވެއްޓުނު އަންހެން ކުއްޖާއާއެކު ހުރީ ރައުދު އަޙްމަދު ޒިލާލްކަމަށް ފުލުހުން އެންމެ ފަހުން ހާމަކޮށްފިއެވެ. މި މައްސަލައިގައި ގިނަ ރައްޔިތުންގެ ފަރާތުން ފާޑުކިޔުން އިތުރުވަމުން ދިޔުމާ ގުޅިގެން، ޙާދިސާގައި ހިމެނޭ ފަރާތްތަކުގެ ތަފްޞީލް ފުލުހުންވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޙާދިސާގައި ހިމެނޭ 21 އަހަރުގެ އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ ބަދުއަޚްލާޤީ ޢަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އޭނާއަކީ ކާކުކަން ވެސް މިވަގުތާ ހަމައަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ފުލުހުން ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކުރަމުން ނުދާކަމަށެވެ. ކޮމިޝަނަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ޙާދިސާ ހިނގި އިމާރާތުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ޒިލާލްގެ ފޯނާއި އެހެނިހެން ތަކެތި ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަންހެން ކުއްޖާގެ ކައިރީގައި ހުރީ ޒިލާލްކަން އެނގުމާއެކު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ރާއްޖެއިން ބޭރަށް ފުރުން ވެސް މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ޝުޖާޢު ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.