ފުރާޅު މައްޗަށް ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

ފުރާޅު މައްޗަށް ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

Author
ހުސައިން
23 އޭޕްރިލް 2025 08:41
0

މާލޭގައި ފުރާޅަކުން ވެއްޓުނު 21 އަހަރުގެ އަންހެން ޒުވާނާ ވެންޓިލޭޓަރުން ނަގައިފިކަން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފިއެވެ.

ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތަށް ބަލާއިރު، މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެ ވަގުތުން ފެށިގެން ޒުވާނާއަށް ފަރުވާ ދެމުން ގެންގޮސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު ޒުވާނާގެ ހާލަތު ރަނގަޅުވެ ވެންޓިލޭޓަރުން ނަގާފައިވާކަން ރޭ ފުލުހުން ބޭއްވި ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހާދިސާއާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ފުލުހުން ނޫސްވެރިންނާ ހިއްސާކުރިއެވެ. އަދި ހާދިސާއާ ގުޅުންހުރި ބައެއް ސީސީޓީވީ ފުޓޭޖުތައްވެސް ފުލުހުން ނޫސްވެރިންނަށް ދައްކާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.