ގެއެއްގެ ފުރާޅުން ވެއްޓުނު ޒުވާން އަންހެން ކުއްޖާ ވެއްޓިފައިވަނީ އެހެން އެއްވެސް މީހެއްގެ ދައުރެއް އޮވެގެން ނޫން: ފުލުހުން

ގެއެއްގެ ފުރާޅުން ވެއްޓުނު ޒުވާން އަންހެން ކުއްޖާ ވެއްޓިފައިވަނީ އެހެން އެއްވެސް މީހެއްގެ ދައުރެއް އޮވެގެން ނޫން: ފުލުހުން

Author
ހުސައިން
23 އޭޕްރިލް 2025 12:14
0

މާލޭގައި ހުންނަ ގެއެއްގެ ފުރާޅުން ވެއްޓުނު ޒުވާން އަންހެން ކުއްޖާ އެގޮތަށް ވެއްޓިފައިވަނީ އެހެން އެއްވެސް މީހެއްގެ ދައުރެއް އޮވެގެން ނޫންކަމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފެނުނު 21 އަހަރުގެ އަންހެން ޒުވާނާގެ ހާދިސާއާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ފާހަގަކުރިގޮތުގައި، މިހާތަނަށް ބަލާފައިވާ ސީސީޓީވީ ފޫޓޭޖްތަކުން ދައްކާގޮތުން ކުއްޖާ ވެއްޓިފައިވަނީ އަމިއްލައަށެވެ. އަދި ހާދިސާ ހިނގިއިރު އެ ކުއްޖާ ހުރީ މަސްތުގައި ކަމަށް ބެލެވޭކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ފުރާޅުން ވެއްޓުމުގެ ސަބަބުން އެ ޒުވާން އަންހެންކުއްޖާގެ ހާލަތު ވަރަށް ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި އޭނާ ކޮއްޕާލައިގެން ފުރާޅުން ވެއްޓުނުކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި މި ހާދިސާގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ވަނީ ކަށަވަރުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.