ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ވިލާ / ތ. ތިމަރަފުށީ އަރުޝަދު އިބްރާހީމްމަނިކު (50އ) ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަރުޝަދު ހޯދަމުން އަންނަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުޤީޤަށް ހާޒިރުކުރުމަށެވެ. އަރުޝަދު އުޅޭ ތަނެއް ޔަޤީން ނުކުރެވޭތީ ތަހުޤީޤަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މަސައްކަތް ކުރިއަށް ގެންދެވެނީއެވެ.
އެ މައްސަލައިގެ ތަހުޤީޤަށް އަރުޝަދާ ސުވާލުކުރުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.