ދަސްވެނިވި 115 ސިފައިން ހުވާ ކޮށްފި، އެއްވަނަ ދަރިވަރަކަށް ފަސުހާ

ދަސްވެނިވި 115 ސިފައިން ހުވާ ކޮށްފި، އެއްވަނަ ދަރިވަރަކަށް ފަސުހާ

Author
ހުސައިން
22 އޭޕްރިލް 2025 07:36
0

މި މަހުގެ ތެރޭގައި ދަސްވެނިވި ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކޮށްފިއެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ މިރޭ ކަޅުތުއްކަލާ ކޮށީގައި އޮތް ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ދަރިވަރުންނަށް ހުވާ ލައިދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވިއެވެ. ސިފައިންގެ މީހުންނަށް ބަޑި ހަވާލުކުރާއިރު އަންގާ އެންގުން އިއްވައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘެވެ.

ރަމްޒީގޮތުން ބަޑިއާ ހަވާލުވީ ކޯހުން މެރިޓުން އެއްވަނަ ހޯދި ޕްރައިވެޓް ފަސުހާ އަހްމަދާއި ދެވަނަ ހޯދި ޕްރައިވެޓް ޔައީޝް މުހައްމަދު ނައީމެވެ.

މި އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެފައިވަނީ ޖުމްލަ 115 ދަރިވަރުންނެވެ. މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ. މިއީ ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވާ ދަރިވަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.