ޓެރަރިޒަމްގެ ތުހުމުގައި ރާއްޖެއިން އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.
މިމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތަ ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާ ބަންދުގައި ބެހެެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ 5 ދުވަހުގެ މުއްދަތަކަށެވެ.
ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މިމީހާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމަރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައިކަމަށެވެ. ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ މިމީހާގެ ބަންދާއިމެދު5 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 4 ވަނަ ދުވަހަށެވެ.

ކޯޓުންވަނީ މިމީހާގެ ބަންދާމެދު އިތުރު ކެހި ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ