މާލެ ސިޓީ ކައުންސިލުގެ އެންމެ ގިނަ ދުވަހު ޚިދުމަތްކުރި ދެ މުވައްޒަފަކަށް ރައީސްގެ ފަރާތްޕުޅުން 100،000 ރުފިޔާގެ އިނާމެއް

މާލެ ސިޓީ ކައުންސިލުގެ އެންމެ ގިނަ ދުވަހު ޚިދުމަތްކުރި ދެ މުވައްޒަފަކަށް ރައީސްގެ ފަރާތްޕުޅުން 100،000 ރުފިޔާގެ އިނާމެއް

Author
ހުސައިން
19 އޭޕްރިލް 2025 09:19
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސިޓީ ކައުންސިލުގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ދެ މުވައްޒަފަކަށް 100،000 ރުފިޔާގެ އިނާމެއް ދެއްވައިފިއެވެ.

މި އިނާމު ދެއްވާފައިވަނީ މާލެ މުނިސިޕަލްޓީގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ޚިދުމަތްކުރައްވަމުން ގެންދަވާ އަބްދުﷲ ރަމީޒު އަދި އާބިދާ އާދަމްއަށެވެ. އަބްދުﷲ ރަމީޒަކީ 43 އަހަރުގެ ޚިދުމަތުގެ ރެކޯޑެއް އޮތް މުވައްޒަފެއް ކަމުގައިވާއިރު، އާބިދާ އާދަމްވަނީ 41 އަހަރު ވަންދެން ޚިދުމަތުގައި ދެމިހުންނެވިއެވެ.

މިފަދަ ބޮޑު ފައިސާގެ އިނާމެއް މި ދެ މުވައްޒަފުން ރައީސްގެ ފަރާތުން ލިބިވަޑައިގަތީ އިއްޔެ ރޭ ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ ސްޓާފް ނައިޓުގައެވެ. އެ ހަފްލާގައި އެހެން ގިނަ މުވައްޒަފުންނަށް ވެސް އިނާމާއި ހަނދާނީ ސެޓްފިކެޓު ދެވުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފައިސާގެ އިނާމު ލިބިވަޑައިގަތީ ހަމައެކަނި މި ދެ މުވައްޒަފުންނަށެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ކައުންސިލެއްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކު މިހާ ބޮޑު ފައިސާގެ އިނާމެއް ދެއްވި ފުރަތަމަ ފަހަރެވެ. ފާހަގަކޮށްލެވޭ ކަމަކީ، މާލެއަކީ މުނިސިޕަލް ޚިދުމަތްތައް ވަކި އޮފީހެއް ޤާއިމުކޮށްގެން ދެމުންދާތާ ރާއްޖޭގެ އެންމެ ބޮޑު ރަށްކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.