ކ. އަތޮޅުގެ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ސަރަހައްދުން ފެނުނު ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކ. އަތޮޅުގެ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ސަރަހައްދުން ފެނުނު ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
ހުސައިން
19 އޭޕްރިލް 2025 07:40
0

ކ. އަތޮޅުގައި ހުންނަ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން މިއަދު ފެނުނު ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން ރޭ ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ކިނބޫ މިހާރު ވަނީ ހިފައި، ސިފައިންގެ ހިމާޔަތުގެ ދަށަށް ގެނެސްފައެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއެއްގައި ފެންނަނީ އެ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރީގައި، ބޭރު ތޮށީގައި އުޅޭ ކިނބުލެއްގެ މަންޒަރެވެ.

ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައިވެސް ށ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ފެނިފައިވެއެވެ. އެ ކިނބޫ ފެނުނީ އެ ރަށަށް ދަތުރުކުރި ބަޔަކަށެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި، ކިނބުލަކީ ރާއްޖޭގައި އާންމުކޮށް ފެންނަ ދިރޭއެއްޗެއް ނޫންނަމަވެސް، ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން ދާ ދިރޭއެއްޗެކެވެ. މިފަދައިން ފެންނަ ކިނބޫތައް ހިފުމަށްފަހު، ރާއްޖެއަށް ނާދެވޭ ހިސާބަށް ގެންގޮސް ދޫކޮށްލެވެއެވެ. އަދި މިގޮތަށް ދޫކޮށްލާއިރު، ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ސަމާލުކަން ދެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.