ސަރުކާރުގެ ދަޢުވަތަކަށް މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ގޮތުން، ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި އާންމުކޮށް ހުޅުވާލައިގެން ހުކުރު ހުތުބާއެއް ދެއްވުމަށް ހަމަޖެހިފައިވާ އިރު، ދީނީ ދަރުހެއްވެސް ދެއްވާނެކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި ޑރ. ސަލާހުލްބުދައިރު ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އެކިއެކި ދީނީ އިދާރާތަކަށްވެސް ޒިޔާރަތްކުރައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑރ. ސަލާހުލްބުދައިރަކީ ރީތިކޮށް ޤުރްއާން ވިދާޅުވުމުގައި މަޝްހޫރު ބޭފުޅެއްކަމަށް ވާއިރު، މިހާރުވެސް މަސްޖިދުއް ނަބަވީގައި އިމާމުވެވަޑައިގެން ތަރާވީހު ނަމާދު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ