ސިފައިން ހުޅުމާލެ ކަނޑުގައި ބަޑިޖެހުމުގެ ތަމްރީނުތަކެއް ފަށަނީ

ސިފައިން ހުޅުމާލެ ކަނޑުގައި ބަޑިޖެހުމުގެ ތަމްރީނުތަކެއް ފަށަނީ

Author
ހުސައިން
18 އޭޕްރިލް 2025 10:40
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހުޅުމާލޭ ކަނޑުގައި ބަޑިޖެހުމުގެ ތަމްރީނުތަކެއް ކުރިއަށް ގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ތަމްރީނުތައް މިމަހުގެ 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ހަވީރު 17:30 އަށް ކުރިޔަށް ގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. ތަމްރީނުގެ ހަރަކާތްތައް ހިންގާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުގައި ކަނޑުމަތީގައެވެ.

ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނުގައި ކަމަށާއި، ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމުގައިވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިންވެސް ސިފައިން ވަނީ ހަތިޔާރާއެކު ހަފްތާއެއްގެ ތަމްރީނުތައް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.