ސަރުކާރުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ތިން ކުދިން އަންނަ ހަފްތާ ފުރަން ތައްޔާރުވެއްޖެ

ސަރުކާރުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ތިން ކުދިން އަންނަ ހަފްތާ ފުރަން ތައްޔާރުވެއްޖެ

Author
ހުސައިން
16 އޭޕްރިލް 2025 01:38
0

ހެލްތު މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހަމަޖެހިފައިވާ ތިން ކުދިން މި މަހުގެ 20 ވަނަ ދުވަހު ފުރާނެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު އެ ތިން ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވިއެވެ. މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ތިން ކުދިންގެ އިތުރުން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާއަށް އިތުރު ދެ ކުދިން ފޮނުވުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން، ފަރުވާ ފެށުމަށްޓަކައި ތެލަސީމިއާ ބަލި ހުންނަ ކުދިންގެ ބޯންމެރޯ ދިމާވޭތޯ ބެލުމަށް އެޗް.އެލް.އޭ ޓެސްޓް ހަދަންޖެހެއެވެ. މި ގޮތުން އިއްޔެ މޯލްޑިވިއަން ބްލަޑް ސާވިސްގައި މި ޓެސްޓަށް ސާމްޕަލް ނެގުމުގެ ޚާއްސަ ކޭމްޕެއް ބޭއްވުނެވެ.

ކުރިން އެޗް.އެލް.އޭ ޓެސްޓް ހަދަމުން އައީ ރާއްޖެއިން ބޭރުންނެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން އަމާޒު ކުރައްވާފައިވަނީ ކޮންމެ އަހަރަކު މަދުވެގެން 10 ތެލެސީމިއާ ބަލި ހުންނަ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ. މިދިޔަ އަހަރު މި ފަރުވާއަށް ސަރުކާރުން 14 ކުދިން ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިން މިހާރު ވަނީ ފަރުވާ ފުރިހަމަކޮށް ރާއްޖެ އައިސްފައެވެ. އަދި ބައެއް ކުދިންގެ ފަރުވާ މިވަގުތު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.