ރޭގެ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފި، ހާދިސާ ހިގަން މެދުވެރިވީ ކަރަންޓު ސޯޓެއް ވެެގެން

ރޭގެ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފި، ހާދިސާ ހިގަން މެދުވެރިވީ ކަރަންޓު ސޯޓެއް ވެެގެން

Author
ހުސައިން
16 އޭޕްރިލް 2025 08:42
0

 

ރޭ ދަންވަރު ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ ދަންވަރު 2:00 ހާއިރުގައެވެ.

ހާދިސާ ހިނގާތާ މާގިނަ އިރުތަކެއް ނުވަނީސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް އަވަހަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެއްޓިއެވެ. އެމްއެންޑީއެފްގެ މަޢުލޫމާތުން އެނގޭ ގޮތުގައި، އަލިފާން ފުރިހަމައަށް ނިއްވާލުމަށް ކާމިޔާބުވީ 02:18 ހާއިރުގައެވެ.

އެމްއެންޑީއެފްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މި އަލިފާނުގެ ހާދިސާ ފެށުނީ ގޮދަޑިއެއްގައެވެ. ނަމަވެސް،  މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ސޯޓެއް ނެގެންނެވެ. އަދި ފުރަތަ ރޯވާން މެދުވެރިވީ ގޮދަޑިއެގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.