ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަދި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުންތަކުގައި، ދިވެހިންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކުރުމާއި، ޕްލެޓްފޯމްގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ވަނީ ކޮށްފައެވެ.
ޓިކްޓޮކްގެ އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ގާނޫނީ ކަންކަމާއި، ފައިސާގެ މުޢާމަލާތްތަކާއި، ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.
މިހާރު ދިވެހިން އާމްދަނީ ހޯދަނީ ހަމައެކަނި ލައިވްތަކުގައި ލިބޭ ގިފްޓްތަކުން ކަމަށްވާއިރު، ކްރިއޭޓަރ ފަންޑް، ޓިކްޓޮކް ޝޮޕް އަދި ބްރޭންޑް ޑީލްތައް ފަދަ އިތުރު ފުރުޞަތުތައް ދިވެހިންނަށް ފަހިކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.